Tuesday, 28 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިތުރު ފަސް ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަންކުރުމަށް ހުށަހަޅައިފި

ދިވެހިރާއްޖެއިން ބޭރުގެ 5 ޤައުމަކަށް ކަނޑައަޅާ ނޮން-ރެޒިޑެންޓު ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވަނީ ބުރުނާއީ، ލަގްޒަމްބާރގް، ނެދަލޭންޑްސް، ފްރާންސް އަދި އޮސްޓްރޭލިއާއަށެވެ.

އަދު ޖަލްސާގައި ރައީސް ފޮނުއްވި ސިޓީފުޅު ވަނީ އިއްވައިފައެވެ.

  1. ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅައިފައިވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހްމަދު، ބުރުނާއީއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް
  2. ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅައިފައިވާ ސަފީރު ގީލާ އަލީ، ނެދަލޭންޑްސްއާއި ލަގްޒަމްބާގްއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް
  3. ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅައިފައިވާ ސަފީރު، އިރުތިޝާމް އާދަމް، ފްރާންސަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް
  4. ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅައިފައިވާ ސަފީރު މުހައްމަދު ލުވޭޒު، އޮސްޓްރޭލިއާއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް

އެއާއެކު އެ ނަންތައް ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *