މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިން އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ މއ. ހިތްތަލަވިލާ / މާލެ، މުހައްމަދު ކިޔާން އަޙްމަދު ނާޒިމް (19އ) އެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ޔާން ހައްޔަރުކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.


