ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ އޭނާގެ ބަޔޮގްރަފީ ފޮތް ރޭ ނެރެފި އެވެ.
ރާއްޖާގެ ތަޖުރިބާކާރު ނޫސްވެރިއެެއް ކަމަށްވާ މުހައްމަދު ޖަމީލު ލިޔުއްވާ 800 އަށް ވުރެ ގިނަ ސޮފްހާގެ ބައޮގްރަފީ ރޭ ނެރުނީ ގާސިމްގެ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ހާޑް ކަވަރާ އެކު ޗާޕްކޮށްފައިވާ ބައޮފްރަފީގެ ނެރެދެއްވީ ކުރީގެ މިނިސްޓަރެއް ކަމަށްވާ އިލްޔާސް އިބްރާހީމެވެ.
ގާސިމް ވިދާޅުވި ގޮތުގައި، އޭނާގެ ހަޔާތުގެ ނާމާ ނެރެދެއްވުމަށް އިލްޔާސް ހިޔާރުކުރެއްވީ ކުޑައިރުއްސުރެ އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ. ގާސިމް އިލްޔާސް ސިފަކުރެއްވި ގޮތުގައި އޭނާގެ ބައްޕައެއްގެ ގޮތުގަ އެވެ.
މި ބައޮގްރަފީ މިއަށް ހާއްސަކޮށް ލޯންޗްކުރި ވެބްސައިޓް qasimibrahim.bio އިން ވެސް ކިޔައިލެވޭނެ އެވެ. އަދި އެ ޑައުންލޯޑް ކުރެވޭ ގޮތް ވެސް ހަދާފައިވާ އިރު، ބައޮގްރަފީގެ އަޑު އަހައުލެވޭ ގޮތް ވެސް ހަދާފައިވެ އެވެ.
"ގާސިމް އިބްރާހީމް: ލާމަސީލު ދިވެހި ރައްޔިތެއް" ހުލާސާއެއްގެ ގޮތުގައި ގާސިމު ވިދާޅުވެފައި ވަނީ މި ފޮތަކީ އޭނަގެ ހަޔާތުގެ އެންމެ މުހިއްމު ސަފްހާތައް ކަމަށެވެ.
ޖަމީލް މީގެ ކުރިން ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބަޔޯގްރަފީ 'އިންސާފު' ވެސް ލިޔުއްވާފަ އެވެ.


