ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ފްލެޓް އިމާރާތުގެ ނުވަ ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވެއްޓި މަރުވީ ހ. ގިނިރާހިއާގެ، އިބްރާހިމް ޝަރަފް (31އ) ކަމަށެވެ.
ފުލުހުން ބުނީ، އެ މީހާ ވެއްޓުނީ ސްޓެލްކޯ ޓަވަރުތަކުގެ ތެރެއިން ސީ ޓަވަރުގެ ނުވަވަނަ ބުރިން، އެ ޓަވަރުގެ ބިތްދޮށްފަޅިއަށް ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ މީހާ ވެއްޓުނު ދިމާވި ސަބަބެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް މަރުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.


