ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އިންޑިއާގެ ލޯކް ސަބާގެ ސްޕީކަރ އަދި ރާޖްޔާ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް އިންޑިއާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. ފެބްރުއަރީ 10 އިން 14 އަށް އެމަނިކުފާނު ކުރައްވާ މި ދަތުރުފުޅުގެ މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، ޕާލިމެންޓަރީ އެއްބާރުލުން އިތުރުކުރުމެވެ.
މި ދަތުރުފުޅުގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާގެ އެމަނިކުފާނުގެ އަރިހުންނާއި ރަސްމީ ބައްދަލުވުންތައް ބާއްވައި، ޤާނޫނު ހެދުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން، ލޯކް ސަބާގެ ސްޕީކަރ އަދި އިންޑިއާގެ ނައިބު ރައީސް އަދި ރާޖްޔާ ސަބާގެ ޗެއަރމަން އަދި އެހެނިހެން އިސް ބޭފުޅުންނާ އިޙްތިރާމުގެ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން މަޖިލީހުގެ އިތުރު މެމްބަރުންގެ ވަފްދެއް އެ މަނިކުފާނުގެ އަރިހުގައި ވަޑައިގަންނަވާނެއެވެ.
މިއީ މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.


