Wednesday, 29 July 2026

ރޯދަމަހު އުމްރާއަށް ދާ މީހުންނަށް 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން ރައީސް ނިންމަވައިފި

ކުރިއަށް އޮތް ރަމަޟާން މަހު އުމްރާގެ އަޅުކަން އަދައިކުރަން ސައުދީއަށް ދާ ދިވެހީންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުުރުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ކަމާ ގުޅޭ އިދާރާތަކަށް އަންގަަވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވަން ބޭންކު އޮފް މޯލްޑިވިސް އާއި މަރުކަޒީ ބޭންކު އެމްއެމްއޭއަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ. އަދި އެ ބަދަލު ގެންނަވަން ނިންމެވީ މި އަހަރުގެ ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމްއެމްއޭއަށް ދަންނަވައިފިން،" ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދަ އެންގެވުމެއް އެންގެވިއިރު އަލަށް އެކުލަވާލި ބޭރުފައިސާގެ ގާނޫނުގެ ދަށުން ގިނަ ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު ވަނީ މާރު ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *