Tuesday, 28 July 2026

ރ. މީދޫގައި ފުލުހަކު ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ރ. މީދޫގައި ފުލުހަކު ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަމުން ދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ބުރާސްފަތި ދުވަހު މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުން ދިޔަ ކުދިބަޔަކަށް އެގޮތަށް ކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުސް އޮފިސަރަކު ނަސޭހަތްތެރިވުމުން އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށްފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން އެކުއްޖާ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ޕޮލިސް އޮފިސަރަށް ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ހަމައެއާއެކު ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަވެސް ބަލަމުންގެންދާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

"އެހެންކަމުން ޕޮލިސް ސްޓޭޝަން އަށް ހާޒިރުވުމަށް އެެދުމުން ހަމަނުޖެހުން ހިންގައި ފުލުސް އޮފިސަރަށް ހަމާލާދީފައިވޭ" ފުލުހުންގެ މެސެޖުގައި ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *