Tuesday, 28 July 2026

ކެފޭ ތާސީރު މާރާމާރީ: ނޭޕާލް މީހަކު ހައްޔަރުކޮށްފި

މާވެޔޮ މަގުގައި ހިންގާ ކެފޭ ތާސީރުގެ ތެރޭގައި މިދިޔަ އަންގާރަ ދުވަހު މާރާމާރީ ހިންގި މައްސަލައިގައި ނޭޕާލް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ މާރާމާރީ ހިންގީ އެތަނުގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ޝެފަކާއި ބަންގްލަދޭޝަށް ނިސްބަތްވާ އެހެން މުވައްޒަފަކާ މެދުގައެވެ.

މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ސިދާތާ ގުރުން 24، އެވެ. އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އޭގެ ތެރެއިން ބަންގްލަދޭޝް މީހާއަށް އަދިވެސް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *