Tuesday, 28 July 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުން ހާމަވީ މިސަރުކާރުން ޑިމޮކްރަސީގެ އެންމެހާ އަސާސްތަކެއް ފުނޑާލަމުން ދާކަން: ޝާހިދު

ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ބައިތިއްބައިގެން ރައީސް މުއިއްޒު މިއަދު އިވެވި ރިޔާސީ ބަޔާނުން ހާމަވީ, މިސަރުކާރުން ޑިމޮކްރަސީގެ އެންމެހާ އަސާސްތަކެއް ފުނޑާލަމުން ދާކަން ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި ވާއިރު ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ސަރުކާރުގެ ސިޔާސަތުތަކާމެދު ނުރުހުން ފާޅުކުރެއްވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 9 މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްފައެވެ.

އެކަމާ ގުޅިގެން ޝާހިދު ވަނީ ރައީސް މިއަދު ރިޔާސީ ބަޔާން އިއްވެވީ އިދިކޮޅު މެމްބަރުން ގަދަ ބާރުން މަޖިލިހުގެ ތަޅުމުން ނެރެ, މިނިވަންކަމާއެކު އަޑު އުފުލުމުގެ ހުރިހާ ދޮރެއްމެ ބަންދުކޮށް, އަސްކަރީ ސިފައިން ހަތިޔާރާއެކު މާލޭގެ މަގުތަކަށް ނެރެގެން ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވެވަޑައިގެން ވައުދުފުޅުތައް ނުފުއްދަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޝާހިދު ސިފަކުރެއްވި ގޮތުގައި، އެ ވައުދުފުޅުތަކުގެ މައްޗަށް މިއަދު އިތުރު ވައުދުފުޅުތަކެއް ރައީސް ވެވަޑައިގެންނެވުމަކީ އެ މަނިކުފާނަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ވެވަޑައިގެންނެވި ބޮޑު އިހުމާލެކެވެ.

މީގެ އިތުރުން، ރައީސް މުއިއްޒަށް އިދިކޮޅުގެ އަޑު ފަނޑުކޮށެއް ނުލެވޭނެ ކަމަށާއި މި ސަރުކާރު ޒިންމާދާރުކޮށް، ގާނޫނުއަސާސީ ހިމާޔަތްކުރުމުގައި އެމްޑީޕީ ދެގޮތެއް ނުވެ ދެމިއޮންނާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *