Tuesday, 28 July 2026

މާރާމާރީ ހުއްޓުވަން އުޅުނު ފުލުހަކަށް އަނިޔާވެއްޖެ

އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލުގައި ދިޔަ ދެ މީހަކު ހަމަލާދީ ހިންގި މާރާމާރީ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކަނބާއައިސާރަނި ހިނގުން، އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނ ރޭ 8:41 ހާއިރެވެ. ޒަހަމްވި ދިވެހި ފިރިހެން މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ރޭ ގެންދިޔައެވެ.

މާރާމާރީގައި އަނިޔާވީ ފިރިހެނަކަށެވެ. އެހެން ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ލިބިފައެއް ނުވެ އެވެ.

ފުލުހުން މިއަދު ވިދާޅުވީ އެ މާރާމާރީ ހުއްޓުވުމަށް އެތަނުގައި ހަރަކާތްތެރިވި ފުލުހުންގެ އޮފިސަރެއްގެ އުޅަބޮއްޓަށް އަނިޔާވެފައިވާ ކަމަށެވެ.

މާރާމާރީ އާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި މާރާމާރީ ހުއްޓުވަން އުޅުނު ފުލުހަކަށް ޒަހަމް ލިބިފައިވާ މަންޒަރު ފެނެ އެވެ. ވީޑިއޯއިން ފެންނަނީ މީހެއްގެ އުޅަނބޮއްޓަށް ލިބުނު ޒަހަމަކާ އެކު ލޭފައިބަމުންދާ މަންޒަރެވެ.

އެ މައްސަލައިގައި އަދި ބަޔަކު ހައްޔަރު ނުކުރި ނަމަވެސް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *