Tuesday, 28 July 2026

ހުތް އަނބުގެ އަޖައިބުން ފުރިގެންވާ ސިއްޙީ ފައިދާތައް

ހުތް އަނބަކީ ކުޑައިރުއްސުރެ އަހަރެމެން ދަންނަ މީރު، އަދި ހަނދާންތައް އާކޮށްދޭ މޭވާއެކެވެ. އަނގަޔަށް މީރުވެގެން މި މޭވާ ކެއި ނަމަވެސް ހުތް އަނބު ކައިގެން ލިބޭ ފައިދާތަކެއް ނޭނގެއެވެ. މި ލިޔުމުގައި ބަލައިލާނީ ކޮންމެ ދުވަހަކު ހުތް އަނބު ކެއުމުން ލިބޭ މުހިންމު ބައެއް ސިއްޙީ ފައިދާތަކަށެވެ.

1. ހޫނުން ރައްކާތެރިކޮށްދޭ:
ހޫނު މޫސުމުގައި ހުތް އަނބު ޖޫސް ބުއިމަކީ ވަރަށް ރަނގަޅު ކަމެކެވެ. އޭގެ ސަބަބުންން ހަށިގަނޑު ފިނިވެ، ހަށިގަނޑުން ގެއްލޭ މާއްދާތައް އަނބުރާ ލިބެއެވެ. ކަސްރަތު ކުރުމަށްފަހު ވެސް ހުތް އަނބު ޖޫސް ބުއިމަކީ ވަރަށް ރަނގަޅު ކަމެކެވެ.

2. ހަޖަމުކުރުމަށް އެހީވޭ:
ހުތް އަނބަކީ ހަޖަމު ނިޒާމުގެ މައްސަލަތަކަށް ވަރަށް ރަނގަޅު ޤުދުރަތީ ބޭހެކެވެ. މިއިން ބަނޑު ހަރުވުން އަދި ގޭސްޓްރިކްގެ މައްސަލަތައް ފަދަ ކަންކަމަށް ފަރުވާ ލިބެއެވެ.

3. ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ:
ހުތް އަނބުގައި ވިޓަމިން ބީ އަދި ފައިބަރ ގިނައިން ހުރުމުން ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. މިއިން ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ލޭ ދައުރުވުން ރަނގަޅުކުރެއެވެ.

4. ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކޮށްދޭ:
ހުތް އަނބުގައި ވިޓަމިން ސީ އާއި އޭ ގިނައިން ހުރުމުން ހަށިގަނޑުގެ ދިފާޢީ ބާރު އިތުރުވެއެވެ. މިއިން އާންމު ރޯގާއި ކެއްސުން ފަދަ ބަލިތަކުން ރައްކާތެރިވެވެއެވެ. އަދި ޕްރޮސްޓޭޓް ކެންސަރު ފަދަ ބަލިތަކުންވެސް ދުރުކޮށްދެއެވެ.

5. ލޭގެ މައްސަލަތަކަށް ހައްލެއް:
ހުތް އަނބު ކެއުމުން ލޭގެ މައްސަލަތަކަށް ފަރުވާ ލިބެއެވެ. މިސާލަކަށް އެނީމިއާ އަދި ލޭ ގަނޑުވުމުގެ މައްސަލަތަކަށް ފައިދާކުރެއެވެ. އަދި ލޭ އުފެއްދުމަށްވެސް އެހީތެރިވެދެއެވެ.

6. ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީވޭ:
ހުތް އަނބުގައި ކެލަރީ އާއި ހަކުރުގެ މިންވަރު ދަށްވުމުން، ބަރުދަން ދަށްކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް ރަނގަޅު މޭވާއެކެވެ. މިއިން މެޓަބޮލިޒަމް އަވަސްވެ، ހަށިގަނޑުގައި ހުރި އިތުރު ސަރުބީތައް ނައްތާލުމަށް އެހީތެރިވެދެއެވެ.

ހުތް އަނބަކީ ރާއްޖޭގައި ފަސޭހައިން ލިބެން ހުންނަ، އަދި ސިއްޙަތަށް ވަރަށް ފައިދާ ހުރި މޭވާއެކެވެ. މި ލިޔުމުގައި ބަޔާންކޮށްފައިވާ ފައިދާތަކުގެ އިތުރުންވެސް، ހުތް އަނބުން އެތައް ފައިދާއެއް ލިބެއެވެ. ނަމަވެސް، ކޮންމެ ކަމެއްގައިވެސް މެދުމިނުގައި ހުރުމަކީ މުހިންމު ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *