Tuesday, 28 July 2026

ސިކް ސެންސަސް ލާމުގެ ވެރިއަކަށް ހަމަލާދީފި

ލ. އަތޮޅުގައި ހިންގާ ސިކް ސެންސަސް ލާމުގެ ވެރިއަކަށް ހަމަލާދީ މާރާމާރީ ހިންގަިއފިއެވެ.

އެނގިފައިވާ ގޮތުގައި ހަމަލާ ދީފައިވަނީ ސިކްސް ސެންސަސް ލާމު ކަނުހުރާގެ ރީޖަނަލް ޖެނެރަލް މެނޭޖަރު މާޓީން ވޭން ވެލްއަށެވެ. މި ހާދިސާ ހިނގާފައިވަނީ އެ ރިސޯޓުގައި ކަމަށާއި، މާޓީން ބައިސްކަލެއްގައި ދަނިކޮށް ފަހަތުން މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ވަކި ރަށަކާއި، މީހެއްގެ މައުލޫމާތު ހާމަނުކޮށް ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުނެފައެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ.

މާޓީން ވޭން ވެލްއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ބައެއް ނޫސްތަކުން ރިޕޯޓްކޮސްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *