Tuesday, 28 July 2026

ދިވެހިރާއްޖެ އާއި އިންޑިއާ ދިފާއީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ދިފާއީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ ބަލަސުބްރަމާނިއަން، ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު ޣައްސާން މައުމޫނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ދިފާއީ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، ދިފާއީ ވަޒީރު ޣައްސާން މައުމޫން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ދިފާއީ ވަޒީރު، ޝްރީ ރަޖްނަތު ސިންގ އާއެކުވެސް ބައްދަލުވުމެއް ބާއްވައި، ދެ ގައުމުގެ ދެމެދުގައި ދިފާއީ ގޮތުން އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އިންޑިއާގެ އައު ސަފީރު، ޖީ ބަލަސުބްރަމާނިއަން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. މި ބައްދަލުވުންތަކަކީ އޭގެ ފަހުން ކުރިއަށް ގެންދެވިފައިވާ މަޝްވަރާތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *