Wednesday, 29 July 2026

އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ އަދަދު އިތުރުކޮށްފި

އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ އެހީތައް 69 މިލިއަން ޑޮލަރަށް އިތުކުރު ކުރުމަށް އެ ގައުމުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތިން ވަނަ ދައުރުގެ ފުރަތަމަ ބަޖެޓު މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާއިރު އިންޑިއާއިން އެހީ ދޭ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް މި ފަހަރުވަނީ 600 ކުރޯޑް ރުޕީސް ކަނޑައަޅައިފައެވެ. އެއީ 1.06 ބިލިއަން ރުފިޔާއެވެ.

މިއީ މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި ޢަދަދަށް ވުރެ 200 ކުރޯޑް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައެޅީ، 400 ކްރޯޑް ރުފީސް ނުވަތަ 732 މިލިއަން ރުފިޔާއެވެ. ނަމަވެސް ފަހުން އެ އަދަދުވަނީ 470 ކްރޯޑް ރުޕީސް ނުވަތަ 835 މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ ބަޖެޓުގައިވެސްް އެންމެ ބޮޑު އަދަދެއް ކަނޑައެޅީ މި ސަރަހައްދުގައި ހިމެނޭ ބޫޓާން އަށެވެ.

ބޫޓާނަށް ހިލޭ އެހީގެ ގޮތުގައި 1775 ކްރޯޑު ރުޕީސް (135 މިލިއަން ޑޮލަރު) އެވެ. އެ ގައުމަކީ އިންޑިއާއިން އަބަދުވެސް ހިލޭ އެހީގެ ގޮތުގައި ބަޖެޓުން އެންމެ ބޮޑު އަދަދެއްދޭ ގައުމެވެ.

އިންޑިއާއިން ރާއްޖެއަށް 1 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމާފައިވާއިރު، އެ ގައުމުން ދަނީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ތިލަމާލެ ބްރިޖު މަޝްރޫއު އާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު ފާހަގަކޮށްލެވެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *