Tuesday, 28 July 2026

 ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

މައްޗަންގޮޅީގައި ހުންނަ ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

ފަތިހު 5:00ހާއިރު ހިނގި އަލިފާނުގެ ހާދިސާގެ ވީޑިއޯތަކުން، ޓިނުން ހަދާފައި ހުރި ތަނެއްގައި ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރާއި އަލިފާން ނިއްވުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

ރޭ ފަތިހު ހިނގި މި ހާދިސާގައި މީހަކަށް މާބޮޑުނ ހާނީއްކައެއް ވީކަމުގެ މަޢުލޫމާތެއް އަދި ނުލިބެއެވެ. އެހެންނަމަވެސް މިހާދިސާއާ ގުޅިގެން ދެމީހަކު ހޮސްޕިޓަލަށް ގެންދިޔަކަމަށް މަންޒަރުދުށް ބައެއް މިހުން މަޢުލޫމާތުދެއެވެ.

އެ ގުދަނަށް ލިބުނު ގެއްލުންތައް އެމްއެންޑީއެފުން ބަލަމުން އަންނައިރު، ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *