Tuesday, 28 July 2026

ރައީސް ރ. އަތޮޅުގެ 11 ރަށަކަށް ތިން ދުވަހުގެ ދަތުރުފުޅެއް ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ރ. އަތޮޅުގެ 11 ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި ރައީސް ޒިޔާރަތްކުރައްވާނެ ރަށްތަކުގެ ތެރޭގައި އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ އަދި އުނގޫފާރު ހިމެނެއެވެ.

ރައީސް އޮފީހުން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ދަތުރުފުޅުގައި ރައީސް އެކި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ރަށްރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ. މީގެ އިތުރުން، ބައެއް ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވައިދެއްވުމާއި، ނިމިފައިވާ ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *