Tuesday, 28 July 2026

އިންޑިއާގެ އައު ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ރާއްޖޭގައި ހުންނަވާ އިންޑިއާގެ އައު ސަފީރު ޖީ. ބަލަސުބްރަމާނިއަމް، މިއަދު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާ ބައްދަލުކުރައްވައިފިއެވެ. ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މިނިސްޓަރު ޚަލީލް ވަނީ އިންޑިއާގެ އައު ސަފީރަށް މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށް ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައިވެއެވެ.

ސަފީރު ބަލަސުބްރަމާނިއަމް ވަނީ ދެ ޤައުމަށް ފައިދާހުރި ކަންތައްތައް ހާސިލުކުރުމަށް ސަރުކާރާއެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުވުން ބޭއްވުނީ ދާދި ފަހުން މިނިސްޓަރު ޚަލީލް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރަކަށްފަހުގައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *