Tuesday, 28 July 2026

އުމްރާ މީހުން ގެންދިއުމުގައި ޤަވާއިދާ ޚިލާފުވި 19 ކުންފުންޏަކަށް ފިޔަވަޅު އަޅައިފި

އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާއިދާ ޚިލާފުވެފައިވާ 19 ކުންފުންޏެއް ޖޫރިމަނާ ކުރުމަށް ނިންމައިފިއެވެ.

މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި މި ކުންފުނިތައް 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، އެއް ކުންފުންޏަކުން އުމްރާއަށް ދިއުމަށް ދޮގު ލިޔެކިޔުންތަކެއް ހުށަހަޅައި އެމް.އެމް.އޭ އިން ޑޮލަރު ނަގާފައިވާކަމަށް ތުހުމަތު ކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ، އެ ކުންފުނި 30،000 ރުފިޔާއިން ޖޫރިމަނާކޮށް، ހުއްދަ ހިފެހެއްޓުމާއެކު މައްސަލަ ތަޙްޤީޤު ކުރުމަށް ފުލުހުންނާ ޙަވާލުކުރެވޭނެއެވެ.

މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ އަލް ހިޖުރާ ޓްރެވެލް އެންޑް ޓުއާސް ލިމިޓެޑްގެ ނަމުގައި އުމްރާއަށް ދިއުމަށް މީހުން ދެއްކި ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެއް ފާޅުވުމާ ގުޅިގެންނެވެ. އެ ކުންފުނީގެ ހުއްދަ ހިފަހައްޓައި 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ.

މިނިސްޓަރު ޝަހީމް އަންގަވާފައިވަނީ އުމްރާއަށް މީހުން ގެންދިއުމުގައި ޢަމަލުކުރަންޖެހޭ ގަވާއިދުތަކާ ޚިލާފުވާ ހުރިހާ ކުންފުނިތަކަކަށް ފިޔަވަޅު އެޅޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *