ހިޔާ ޓަވަރުން މީހަކު ވެއްޓި، އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ވިދާޅުވީ ހިޔާ ޓަވަރު ތިނެއްގެ 2 ވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާ މައްްސަލަ މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މީހާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އޭނާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.


