Tuesday, 28 July 2026
އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް

އެމްޑީޕީގައި ތިބި މެމްބަރުން އެހެން ޕާޓީތަކަށް ވައްދަމުންދާކަމުގެ ތުހުމަތު

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާކަމަށް ބުނެ، އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްޑީޕީގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން ގިނަ ބަޔަކު އެހެެން ޕާޓީތަކަށް ބަދަލުކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނި ގޮތުގައި އެޕާޓީގެ މެންބަރުން ވަގަށް އެހެން ސިޔާސީ ޕާޓީތަކަށް އަދި ވަކިން ހާއްސަކޮށް ޕީއެންސީގެ ދަފްތަރުގައި ހިމަނަމުންދާ ކަމުގެ ޝަކުވާ އެ ޕާޓީއަށް އަންނަނީ ލިބެމުންނެވެ.

މިއާއެކު އެ ޕާޓީން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާކަން މިކަމުން އެނގޭއިރު ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި މިކަން ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދިޔުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

އަދި ވަގު ފޯމު މެދުވެރިކޮށް ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ބޭނުންކުރާ ދޮރުތައް ބަންދުކުރަން ވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ގޮވާލައިފައި ވެއެވެ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *