މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި ހިންގި ރެއިޑު އޮަޕަރޭޝަނެއްގައި 23 ބިދޭސީން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ރޭ ކުރި ޕޯސްޓެއް ގައި ބުނީ އެ އިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ލޯކަލް މާރުކޭޓް ސަރަހައްދުގައި އިއްޔެ ފަތިހުން ފެށިގެން މެންދުރާއި ހަމައަށް ބޮޑު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
އެ ރެއިޑު އޮޕަރޭޝަންގައި ލޯކަލް މާރުކޭޓް ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެ ސަރަހައްދުން ލަފާފުރާ އުޅަނދުފަހަރު ވެސް ބަލައި ފާސްކުރިކަމަށް ބުންޏެވެ.
އެގޮތުން އެ ސަރަހައްދުން މުޅި ޖުމުލަ 148 ބިދޭސީން ބަލާ ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ 23 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި 22 ބިދޭސީ ފިރިހެނަކާއި 01 އަންހެނަކު ހިމެނެއެވެ.
ލޯކަލް މާރުކޭޓްގައި ބިދޭސީންގެ ބާާރުގަދައިރު މީގެ ކުރިންވެސް އެތަނުގައި ބިދޭސީން ވިޔަފާރިކުރުން ހުއްޓުވަން ކުރީ ސަރުކާރުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.


