Tuesday, 28 July 2026

އެންސްޕާގެ ޑެޕިއުޓީ ސީއީއޯ މަޤާމުން ވަކިކޮށްފި

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ޝިއުނާ އަޙްމަދު އިއްޔެ މަޤާމުން ވަކިކޮށްފިއެވެ.

ޝިއުނާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އޭނާ މަޤާމުން ވަކިކުރިކަން އަންގާފައިވަނީ އިއްޔެ ހަވީރު 3:36 ގައެވެ.

ޝިއުނާ މަޤާމުން ވަކިކޮށްފައިވާ ނަމަވެސް، އޭނާ ވަނީ ސަރުކާރުގެ އެއްވެސް ކޮރަޕްޝަންގެ ޢަމަލެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ވަގުތު ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިންގ ޑިރެކްޓަރުންގެ ވަޓްސްއެޕް ގްރޫޕެއްގައި މެސެޖެއް ކުރައްވާފައެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ އެއްވެސް ވެރިއަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރިކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *