ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ މައިބަދައަށް ލިބުނު އަނިޔާއަކާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
މަޢުލޫމާތު ލިބޭގޮތުގައި، އުއްތަމަ ފަނޑިޔާރު ޗުއްޓީ ހޭދަކުރެއްވުމަށް ބ. ފުޅަދޫގައި ހުންނެވިއިރު މި އަނިޔާ ލިބިވަޑައިގަތުމާ ގުޅިގެން، ރޭގަނޑުގެ ވަގުތެއްގައި އިމަޖެންސީކޮށް މާލެ ވަނީ ގެނެސްފައެވެ. އަދި މިހާރު އެމަނިކުފާނަށް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ.
މި ހާދިސާއާ ގުޅިގެން އުއްތަމަ ފަނޑިޔާރަށް ހިނގާބިނގާވެ އުޅުއްވުމަށް ދަތިވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް، އެމަނިކުފާނުގެ ޞިއްޙީ ހާލަތާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ރަސްމީ އިދާރާއަކުން ބަޔާނެއް ނެރެފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ސުޕްރީމް ކޯޓު ރިސެސްގައި އޮތް ދުވަސްވަރެއްގައެވެ.


