Tuesday, 28 July 2026

އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން މިނިވަންކުރެވޭ ބިލް ރައީސް ތަސްދީގުކުރައްވައިފި

ޖިނާއީ ހުކުމްތައް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުން އަންނަ ކުށްވެރިން ވެސް އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން މިނިވަންކުރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ހުށަހެޅުއްވި އެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.

އެ މާއްދާގައިވާ ގޮތުން، ދަށު ކޯޓަކުން މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބުތުވާ ކަމަށް ހުކުމްކުރި ނަމަވެސް، ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި އިސްތިއުނާފު މަރުހަލާގައި އެ މައްސަލަ އޮތް ކޯޓަކަށް ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ.

އެއީ އޭނާގެ މައްޗަށް ކުށް ސާބިތުވެ، ޖަލުގައި ބަންދުކުރުމުގެ އަދަބެއް ދަށު ކޯޓުން އޭނާގެ މައްޗަށް ކަނޑައެޅޭ ހާލަތުގަ އާއި، އެ ހުކުމް ނުވަތަ އެ ކުށަަށް ކަނޑައަޅާފައިވާ އަދަބު މަތީ ކޯޓުގައި އޭނާ އިސްތިއުނާފުކޮށްފައިވާ ހާލަތުގައެވެ.

ނަމަވެސް އިސްތިއުނާފު މަރުހަލާގައި ވެސް ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްގެން ނުވާނެ ކުށްތަކެއްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ކަފާލާތުގެ ބިލުގައި ފާހަގަކުރެވޭ ބައެއް ކަންކަން:

  • ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވްކުރުން
  • ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރަން އެންގުމާ ގުޅޭ އިޖުރާއަތުތަކެއް ހިމަނާފައިވޭ
  • ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ ބަލައި ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތުތަކެއް ވެސް ހިމަނާފައިވޭ

މިހާރު ގާނޫނު އޮތް ގޮތުން ކަފާލާތުގެ ދަށުން މިނިވަންކުރެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން އެކަނި ކަމަށް ހައިކޯޓުން މީގެ ކުރިން ބުނެފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *