Tuesday, 28 July 2026

 4 މަހުގެ ކުއްޖެއްގެ މަރުގައި ޝައްކުތަކެއް ހުރުމުން އޮޓޮޕްސީ ހަދަނީ

ކ. ގުރައިދޫގައި ރޭ ދަންވަރު ނިޔާވި އުމުރުން އެންމެ ހަތަރު މަހުގެ ތުއްތު ކުއްޖެއްގެ މަރުގައި ޝައްކުކުުރެވޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ގުރައިދޫގައި ހަތަރު މަހުގެ ކުއްޖަކު މަރުވި މައްސަލަ މިއަދު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

އެ ކުއްޖާ ނިޔާވެފައި އޮތް އިރު ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް އެނގިފައިވެ އެވެ. އަދި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން މައްސަލަ ރިޕޯޓްކުރުމުން މިހާރު ވަނީ ހަށިގަނޑު މާލެ ގެނެސްފަ އެވެ. އަދި މިހާރު ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *