Tuesday, 28 July 2026

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން 714 އިމާމުން ތަމްރީނުކޮށްފި

އިސްލާމިކް މިނިސްޓްރީން ހިންގަމުންދާ އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިހާތަނަށް 714 އިމާމުން ތަމްރީނުކޮށްފައިވާކަމަށް އެ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަރުޙަލާގައި ހއ، ހދ، ށ، ބ، ޅ، ކ، އއ އަދި އދ އަތޮޅުތަކުގެ 321 އިމާމުންނަށް އަމާޒުކޮށްގެން އޮންލައިންކޮށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، މިހާތަނަށް މާލެ ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އިމާމުންނަށް މި ތަމްރީނު ޕްރޮގްރާމް ވަނީ ހިންގާފައެވެ. އަދި މާދަމާ ރޭ މާލެ ސިޓީގެ އިމާމުންނަށް އަމާޒުކޮށްގެން މި ތަމްރީނު ޕްރޮގްރާމް ފެށޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މާލެ ސިޓީގެ އިމާމުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމް އޮންނާނީ ހާޒިރުވެގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ އިމާމުންގެ ޢިލްމީ ފެންވަރު މަތިކޮށް، މިޒަމާނުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެފަރާތްތައް ތައްޔާރުކުރުން ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *