މިއަދު ހެނދުނު ހައުސިންގ މިނިސްޓްރީ އިމާރާތުގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާތީ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަގުތީގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއިން ޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އާއި ހަވާލާދީ ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގެތަކަށް ދުމުގެ އަސަރު ކުރަމުންދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ސޯޝަލް ސެންޓަރަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެންޑީއެމްއޭއިން އިތުރަށް ހާމަކުރި ގޮތުގައި، މި ހާދިސާއާ ގުޅިގެން ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ޤާއިމްކޮށްފައިވެއެވެ. މި ސެންޓަރުގައި ދިވެހި ރެޑް ކްރެސެންޓާއި އެންޑީއެމްއޭގެ މުވައްޒަފުން މިހާރު ހަރަކާތްތެރިވަމުން ދާކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެއްވެސް ފަރާތަކަށް އެހީތެރިކަމެއް ބޭނުންވާނަމަ، 115 އަށް ގުޅައި ސެންޓަރަށް ވަޑައިގަތުމަށް އެންޑީއެމްއޭއިން އެދިވަޑައިގެންފައިވެއެވެ.


