Tuesday, 28 July 2026

ހައުސިން މިނިސްޓްރީގައި ރޯވި ސަރަހައްދަށް ރައީސް ވަޑައިގެންފި

ހައުސިން މިނިސްޓްރީގައި އަލިފާން ރޯވި ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވަޑައިގެން ބައްލަވާލައްވައިފިއެވެ.

މިހާރުވެސް ރޯވެފައިވާ މި އަލިފާން ރޯވި ކަމަށް ބެލެވެނީ އިމާރާތުގެ ފުރަތަމަ ބުރީގައެވެ. އޭރު އޮފީސް ހުޅުވަން ތައްޔާރުވެ ބައެއް މުވައްޒަފުން ވެސް އެތެރޭގައި ތިބިއިރު،. ދުންތައް ފެނުމާ އެކު އެންމެން އިމާރާތުން ނުކުމެފައިވެއެވެ.

ފުލުހުން ބުނީ ހައުސިން މިނިސްޓްރީ ހިންގާ މ. ގްރީން ބިލްޑިންގުގައި ރޯވެ އަނދަމުން ދާތީ، އެ ސަރަހައްދުގެ ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.

ރޯވި އިމާރާތަކީ ހައުސިންގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް ހުންނަ ތަނެކެވެ.

މި ހާދިސާ އާއި ގުޅިގެން އެ ސަރަހައްދުގެ އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *