Tuesday, 28 July 2026
ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: ޕީޕީއެމް/ޕީއެންސީ

ފައްޔާޒުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ޕީއެންސީން ގޮވާލައިފި

ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުއަަށް ވެދާނެ ކަމަށް އެމްޑީޕީގެ އާންމު މެންބަރަކު ބުނީ ނަސޭހަތެއްގެ ގޮތުގައި ކަމަށް ވިދާޅުވެ އެ މީހާގެ ވާހަކަތައް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ދިފާއުކުރި މައްސަލަ ޕީއެންސީން ކުށްވެރިކޮށްފި އެވެ.

މުހައްމަދު އަމީންއަށް ހެދިގޮތް ރައީސް މުއިއްޒުއަށް ހަދަން އެންމެ ފުރަތަމަ ގޮވާލީ އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާއެއްގަ އެވެ. އަދި އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒްވެސް ވެސް ވަނީ އެ ވާހަކަ ދިފާއުކޮށް އަނިޔާވެރިކަމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދައްކާފަ އެވެ.

އެކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އަމީނާމެދު ކަން ހިނގައިދިޔަ ގޮތަކީ ރާއްޖޭގެ ތާރީހުގެ އަނދިރި ސޮފުހާއެއް ކަމަށާއި މިއަދު ގާއިމްކުރެވިފައިވާ ދުސްތޫރީ ނިޒާމުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ކަންކަމުގެ ތެރެއަށް އަނިޔާވެރިކަމާއި ހަމަނުޖެހުން ނުވައްދައި، ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.

"އަދި މިފަދައިން މީހަކާމެދު އަނިޔާވެރި އަމަލުތައް ހިންގުމަށް ބާރުދީ ވާހަކަދެއްކުމަކީ ޓެރަރިޒަމް މާނަކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށްވާތީ ފައްޔާޒް އަދި އެމްޑީޕީގެ އާންމު މެމްބަރު ހިންގެވި މި އަމަލު ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ތަހުގީގުކޮށް، ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މި ޕާޓީން ގޮވާލަމެވެ" ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *