ގއ. ދާންދޫ މަގުމަތިން މަރުވެފައި އޮތް މީހެއް ފެނިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މި މީހާ ފެނިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 8:10 ހާއިރުއެވެ.
ފުލުހުން ބުނިގޮތުގައި މަރުވެފައި އޮތް މީހާއަކީ ގއ. ދާންދޫ / ނަގަހެލަ، އަޙްމަދު ޢަބްދުﷲ (33 އަހަރު) އެވެ. އަދި އޭނާ ފެނިފައިވަނީ ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް ވެއްޓިފައި އޮއްވައެވެ.
ފުލުހުން އިތުރަށް ހާމަކުރިގޮތުގައި އޭނާ ވަގުތުން ދާންދޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް، ނިޔާވެފައި ކަމަށް ހެލްތު ސެންޓަރުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. މަރުގެ ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.


