Tuesday, 28 July 2026

އިންޑިއާ ސަފީރު އެނބުރި ވަޑައިގަތުމުގެ ކުރިން ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެނބުރި ވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ.

ސަފީރުކަމުގެ ދައުރު ހަމަކުރައްވައި ރާއްޖެ އިން ފުރާވަޑައިގަތުމުގެ ކުރިން މިއަދު ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީ ބޭއްވި ވަދާއީ ޒިޔާރަތުގައި ސަފީރު ވަނީ ރާއްޖޭގެ ތަރައްޤީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނ ޔަޤީންކަން ދެއްވައިފަ އެވެ.

އަދި ރާއްޖެ އަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި، ރައީސް ދައްކަވާ ލީޑަޝިޕާއި، އެކުގައި މަސައްކަތްކުރެއްވުމުގެ ރޫޙު އިންޑިއާ އިން އިސްކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް އިންޑިއާ ސަފީރު ދެއްވާފައިވާ އެހީތެރިކަމަށް ރައީސް މުއިއްޒު ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.

އަދި، އިންޑިއާ ސަފީރުގެ ސަފީރުކަމުގެ ދައުރަކީ ފަހަކަށް އައިސް ރާއްޖެއާއި އިންޑިއާގެ އެކުވެރިކަމާއި ދެ ގައުމުގެ ގުޅުން އާރޯވެގެންދިޔަ މުހިންމު މަރުޙަލާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *