އަލަށް ރިޓަޔާވާ މީހުންނަށްދޭ ޕެންޝަން ފައިސާ ނުކެނޑުމަށް ސަރުކާރުން ނިންމައިފިއެވެ.
ޖެނުއަރީ 1 އިން ފެށިގެން ވަޒީފާއިން ރިޓަޔާކުރާ މުވައްޒަފުންނަށް އެލަވެންސް ނުދޭން ނިންމާ ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު, މޫސާ ޒަމީރު ސޮއިކުރައްވާ މިދިޔަ އަންގާރަ ދުވަހު ސަރުކާރު އޮފީސްތަކަށް ސިޓީއަކުން އަންގާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެ ފިޔަވަޅު އަޅަނީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އަލަށް ރިޓަޔަވާ މީހުންނަށް މަހުން މަހަށް ދޭ ފައިސާ ކަނޑާލި ނަމަވެސް ރިޓަޔާވާއިރު ގަނޑުކޮށް ދޭ ފައިސާ ކުރިން ވެސް ދެމުން އައި ގޮތަށް ދިނުމަށް އޭރު ސަރުކާރުން ނިންމާފައިވެއެވެ.


