Tuesday, 28 July 2026

އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން ފައިސާ ހޯދާ މައްސަލައެއް ފުލުހުން ބަލަނީ

އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އޭނާގެ ނަމުގައި ފައިސާ ހޯދާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަންހެނެއްގެ ފޭސްކުބް އެކައުންޓް ހެކްކޮށްގެން އެ އަންހެން މީހާގެ ނަމުގައި އެހެން މީހުންގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކި ކަހަކަ މެއިލްތައް ކޮށްގެންނާއި ކޯޑުތައް ފޮނުވައިގެންނާއި އެ ނޫން ގޮތްގޮތުންވެސް މީހުންގެ އެކައުންޓްތައް ހެކް ކުރުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާންމު ވެފަ އެވެ. އެ ކަންކަމަށް ސަމާލުވުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމްލާސް ކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އެކަނި ވެސް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 1،661 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެ މައްސަލަތަކުގައި 20 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *