މެދު ރާއްޖެ ތެރޭގެ އަތޮޅުގެ ރަށެއްގައި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 21 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިކަން ހިނގާފައިވަނީ ނޯތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގަ އެވެ. މިފަދަ މައްސަލަތަކުގައި އަނިޔާ ލިބުނު މީހާގެ އައިޑެންޓިޓީ ހާމަވެދާނެތީ، ފުލުހުން ގިނަ ތަފުސީލުތައް ހާމައެއް ނުކުރެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


