މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި, މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ގެންގޮސްފި އެވެ.

އެ ބިލް މި މަހުގެ 13 ގައި މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އިބްތިދާއީ ބަހުސް ނިންމައި މަޖިލީހަށް ބިލު ބަލައިގަތުމަށް ވޯޓު ނެގުމުގެ ކުރިން ބިލު އަނބުރާ ގެންދެވޭނެ އެވެ. ބިލު އަނބުރާ ގެންދިޔައީ ފުރަތަމަ ކިޔުން އިއްވައި، އިބްތިދާއީ ބަހުސް ފެށުމުގެ މަރުހަލާގަ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލް އަނބުރާ ނަގަން މަޖިލިހުގައި އެދިވަޑައިގަތީ އެއީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ކަމަށް ބިލު ހުށަހެޅުއްވި ހަންނާން ވަނީ ވިދާޅުވެފަ އެވެ.