އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރަކަށް، ޖީ. ބަލަސުބްރަމާނިއަން އައްޔަންކުރަން އިންޑިއާގެ އެކްސްޓާނަލް އެެފެއާޒްއިން ނިންމައިފިއެވެ.
މި މަގާމުގައި ކުރިން ހުންނެވީ، މުނޫ މަހާވަރެވެ. އޭނާގެ ދައުރު މި މަހު ހަމަވާނެ އެވެ. އޭނާ މަގާމަށް އައްޔަން ކުރެއްވީ 2021 ވަނަ އަހަރު އެވެ.
ބަލަސުބްރަމާނިއަމަކީ މި ވަގުތު އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރެވެ. ނަމަވެސް އެ މަގާމަށްފަހު ދެން އޭނާ ހަވާލުވަނީ ރާއްޖޭގައި ހުންނަވާ ސަފީރުކަމުގެ މަގާމާއެވެ.
ބަލަސުބްރަމާނިއަން އަންނަނީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުންނެވެ.


