އޭސީސީ އާއި އީސީގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އޭސީސީގެ ބިލަށް ރުހުން ދިނުމަށް ވޯޓު ދެއްވީ 69 މެންބަރުންނެވެ. އެ ވޯޓުގައި ދެކޮޅަށް 10 މެންބަރަކު ވޯޓުދެއްވިއެވެ.
އީސީގެ ބިލަށް ރުހުން ދިނުމަށް ވޯޓު ދެއްވީ 69 މެންބަރުންނެވެ. އެ ވޯޓުގައި ދެކޮޅަށް 10 މެންބަރަކު ވޯޓުދެއްވިއެވެ.
އޭސީސީ އާއި އީސީގެ ގާނޫނުގައި މިހާރު ބަޔާންކޮށްފައި ވަނީ އެ ދެ ކޮމިޝަނަށްވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުން ވޯޓުލައިގެން ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައިވާ ގޮތުން ދެ މުވައްސަސާގެ ވެރިންނަށް އައްުޔަނުކުރަން ބޭނުންވާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި މަޖިލީހުން ފާސްކުރާ ބޭފުޅުން އެ މަގާމުތަކަށް އައްޔަނުކުރަން ޖެހޭނެ އެވެ.


