ސިނަމާލެ ބްރިޖު އެއާޕޯޓު ލައިޓު ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ފެންސުގައި ޖެހުމާ ގުޅިގެން ސައިކަލުގައި އިން މީހާއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ފަތިހު 5:25 ގައި ކަަމަށެވެ.
މީޑިއާތަަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
"އެއީ 53 އަހަރުގެ ދިވެހި ފިރިހެނެއް، މީހާގެ ހާލު ސީރިއަސް ކަަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ." ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.


