Tuesday, 28 July 2026

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް އެކުލަވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ޓެކްސީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް މިހާރު އެކުލަވާލާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ޓެކްސީ ޑްރައިވަރުންނަށް ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ ޙައްޤުތަކާއި އިނާޔަތްތައް ހޯދައިދިނުމެވެ. މި ދަފްތަރު އެކުލަވާލުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން އިދާރާތަކުން ލިބޭ ޢިނާޔަތްތަކާއި ފުރުޞަތުތައް ލިބޭނެ މަގު ފަހިވެގެންދާނެކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ބޭންކު ލޯނު ފަދަ މާލީ ޚިދުމަތްތައް ހޯދުމުގައި ޝަރުޠުތައް ފުރިހަމަކުރުމަށް ފަސޭހަވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިނިސްޓްރީން ބުނި ގޮތުގައި މި ދަފްތަރު އެކުލަވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *