Tuesday, 28 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަންގެ ބިލު އަނބުރާ ގެންގޮސްފި

’މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު’ގެ ނަމުގައި ސަރުކާރަށް މީޑިއާތަކުގެ ކޮންޓްރޯލް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު އަނބުރާ ގެންގޮސްފައިވާ ކަމަށް، އެ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިއަދު ވިދާޅުވެއްޖެއެވެ.

ހަންނާން ވިދާޅުވީ އެ ބިލް ނަގަން މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެ ބިލު އަނބުރާ ގެންދަން ނިންމާފައިވަނީ އެ ބިލު ބޭރުކޮށްލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.

'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު’ގެ ނަމުގައި އާ ގާނޫނެއް އުފައްދަން މެންބަރު ހަންނާން ހުށަހެޅުއްވި ބިލު މަޖިލީހަށް ތައާރަފުކުރީ 13 ނޮވެމްބަރުގައެވެ.

އެ ބިލާ ދެކޮޅަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން މަސައްކަތްތަކެއް ކޮށްފައިވާއިރު ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިސް ނަގައިގެން 'ހަތަރެއްގެ ހައްގުގައި' ނަމުގައި ކެމްޕެއިނެއްވެސް ފަށާފައިވެ އެވެ.

ބިލުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލެވޭނެ ކަމަށާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި އުފައްދާ ކޮމިޝަނުގައި ތިބޭނީ 7 މެމްބަރުން ކަމަށެވެ.

އޭގެތެރެއިން 4 މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލިހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ބާކީ ތިން މެމްބަރުންނަކީ މީޑިއާއިން އިންތިހާބުކުރާ މެންބަރުން ކަމަށްވި ނަމަވެސް އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ލިބިދެނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *