Thursday, 29 October 2026

ލޯބިވެރިޔާއަށް ބިރުދެއްކި ފުލުހަކު ހައްޔަރުކޮށްފި

އއ.މަތިވެރި ފުލުސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހަކު އޭނާގެ ލޯބިވެރިޔާއަށް ބިރު ދެއްކި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފިއެވެ،

މިޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލާ ގައި ހައްޔަރުކުރީ މަތިވެރި ޕޮލިސްޓޭޝަން ގައި މަސައްކަތްކުރާ އެ ރަށު ފަޒާ، ޒައިދާން މުހައްމަދު (19) އެވެ. ފުލުހުން ބުނީ ޒައިދާން އަކީ ރޭކްރޫޓް ޕޮލިހެއް ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ ލޯބިވެރިޔާއަށް ބިރު ދައްކާ އޭނާގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކާ އިންޒާދު ދީ ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *