ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން ބޭއްވުނީ ދުބާއީގައި ކުރިއަށްދާ ކޮޕް29 ގެ ހަވާސާގައެވެ.
ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ މޫސުމަ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ސިޑްސް ޤައުމުތަކުގެ ޙައްޤުގައި އ.ދ އިން ކުރަމުންދާ މަސައްކަތްތައްވެސް ރައީސް ފާހަގަކުރެއްވިއެވެ.
އ.ދ ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސިޑްސް ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވައި، މިކަމުގައި ބައިނަލްއަޤްވާމީ އެހީދޭ އިދާރާތަކުގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވާފައެވެ.
މިއަހަރުގެ ކޮޕް29 ގެ ޝިޢާރަކީ "އިން ސޮލިޑަރިޓީ ފޮރ އަ ގްރީން ވޯލްޑް" އެވެ. މި ކޮންފަރެންސްގައި ރާއްޖެއިން ވަނީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމުގެ މަސައްކަތާއި ދެމެހެއްޓެނިވި ތަރައްޤީގައި ކުރަމުންދާ މަސައްކަތްތައް ދުނިޔެއާ ހިއްސާކޮށްފައެވެ.


