Wednesday, 29 July 2026

މަތީ ދަރަޖަ އާއި ދިގު މުއްދަތަށް ހިދުމަތް ކުރެއްވި ފަރާތްތަކަށް އިނާމު ދެއްވައިފި

މަތީ ދަރަޖަ އާއި ދިގު މުއްދަތަށް ހިދުމަތް ކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިރޭ ދެއްވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި އޭބޭފުޅުންނަށް ރައީސް މުއިއްޒު ވަނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ދެއްވާފައެވެ.

މި އަހަރުގެ ޚާއްޞަ އިނާމު 40 ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ. އެބޭފުޅުންގެ ތެރޭގައި ހިމެނެނީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ ފަރާތްތަކެވެ.

މީގެއިތުރުން، މި ޖަލްސާގައި ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވި 11 ބޭފުޅުންނާއި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި 42 ބޭފުޅުންނަށް ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައިގެ އިތުރުން ހަނދާނީ ލިޔުމެއް ދީފައެވެ.

މި ޖަލްސާގައި ވަނީ ރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނޢޢވ)، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވާފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *