އޭލަވަލްއަށް ކިޔަވައިދޭ ސެންޓަ ފޯ ހަޔާ ސެކެންޑްރީ އެޑިއުކޭޝަން(ސީއެޗްއެސްއީ)-މާލެ ރަސްމީކޮށް ހުޅުވައިފި އެވެ.
މާލެ ސީއެޗްއެސްއީގެ ކިޔެވުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ފަށާފައެވެ. ނަމަވެސް އޭރު ސްކޫލް ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ.
އެހެންކަމުން އެ ސްކޫލް ރަސްމީކޮށް ހުޅުވާފައިވަނީ ރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެއާއެކު ދެން މާލެ އަދި ހުޅުމާލޭގެ ސީއެޗްއެސްއީގައި ވެސް އޭލަވަލްއަށް ކިޔަވައިދޭނެ އެވެ. ސީއެޗްއެސްއީ-މާލެ ރޭ އަލުން ހުޅުވިއިރު އެ ސްކޫލުގައި މިހާރު 424 ދަރިވަރުން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ.
މި ސްކޫލުގައި މިހާރު 424 ދަރިވަރުން ދަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ. ސީއެޗްއެސްއީ އެންމެ ފުރަތަމަ ހުޅުވާފައިވަނީ 3 ޖުލައި 1979 ވަނަ އަހަރުގައެވެ.


