Tuesday, 28 July 2026
މެންބަރު މީކާއީލް އަޙްމަދު ނަސީމް

ގޯއްޗާއި ފްލެޓާއި ގުޅޭގޮތުން މީކާއިލް ހުށަހެޅި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުން ފަރާތްތަކަށް ސަރުކާރުން ހަމަޖައްސައިދޭ އައު ޕްލޮޓްތަކުގެ ގުރު ނެގުމަށް ސަރުކާރުގެ އޮފިޝަލުން ހަމަޖައްސާފައިވާ މައްސަލައާއި ގޯއްޗާއި ފްލެޓްގެ ހައްގުވެރިންނަށް އެތަންތަން ހަވާލުކުރުން ލަސްވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށ،ް އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް ގޮވާލާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅި މައްސަލަ ފާސްނުވެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހަޅުން މީކާއިލް ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އައު ޕްލޮޓްތައް އެކަށައެޅުމަށްޓަކައި ބޭއްވޭ ގުރުއަތު އިއްޔެ ފަށާފައިވާއިރ،ު އެކަން ކުރިއަށް ގެންގޮސްފައިވަނ،ީ ގޯތީގެ ހައްގުވެރިންނަށް ދުރާލާ އެންގުމަކާ ނުލައި ކަމަށް ވިދާޅުވެފައެވެ. އަދި
ގޯތީގެ ހައްގުވެރިންނަށް ގުރުނެގުމުގައި ބައިވެރިނުވެވޭ ގޮތަށ،ް ސީދާ މިނިސްޓްރީގެ އޮފިޝަލުން ގުރުނަގާގޮތަށް ހަމަޖައްސުމަކ،ީ ކޮރަޕްޝަނަށް މަގުފަހިވ،ެ ގޯތީގެ ހައްގުވެރިންގެ މުދަލަކަށް ނުހައްގުން އަރައިގަތުމުގެ ފުރުސަތު ހުޅުވިގެންދާ ކަމެއްގެ ގޮތުގައި މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ްވެރިޔާ ސްކީމާއެކުއެކީގައި ކުރީ ސަރުކާރުން ހިންގާފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ޝާއިއުކުރުމަށްވެސް ތަފާތު އެކި ތާރީހުތަކުން ދެމުންގޮސްފައިވީނަމަވެސ،ް މިއަދާ ހަމައަށްވެސ،ް ފްލެޓް ލިސްޓް އާންމުކޮށްފައިނުވަނ،ީ އެ ލިސްޓް ގަޑުބަޑުކޮށ،ް އޭގެ ސައްހަކަން ނަގާލުމުގެ ނިޔަތުގައިކަން ހާމަވާހި ކަމަށްވެސް މީކާއިލް ވިދާޅުވެފައި ވެއެވެ.

އަދި ސަރުކާރުން ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާގޮތާމެދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔެއްގެ މެދުގައި ކަންބޮޑުވުން
އުފެދި މިކަމާ ނުރުހުންފާޅުކޮށްފައިވާކަމަށްވެސް މައްސަލަ ހުށަހަޅަމުން އޭނާ ވިދާޅުވިއެވެ.

މި މި މައްސަލައަށް ބަހުސްކުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 13 މެމްބަރުން ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. އަދި 56 މެމްބަރުން ނުފެންނަކަމަށް ވޯޓު ދީފައިވާއި ފެންނަ ކަމަށް ވޯޓު ދީފައިވަނީ 10 މެމްބަރުންނެވެ.

މިއާާއެކު މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާ މި މައްސަލަ ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *