Tuesday, 28 July 2026
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ

އޮޑިޓް ރިޕޯޓް: ދީބާޖާއަށް ދިން ބަދަލަކީ ދޭންނުޖެހޭ ފައިސާއެއް

ކުރީ ސަރުކާރުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި ދިން 64 މިލިއަން ރުފިޔާއަކީ ދޭން ނުޖެހޭ ފައިސާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފިއެވެ.

2010 ގައި އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ދީބާޖާއާ ހަވާލުކުރެވުނު އެއްބަސްވުން 2013 ގައި ބާޠިލުކުރެވުނެވެ. އޭގެ ފަހުން، 2023 ގައި ރައީސް ޞާލިޙްގެ ސަރުކާރުން ދީބާޖާއަށް ބަދަލު ދިނުމަށް ނިންމިއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބަދަލު ދިނުމަށް ނިންމާފައިވަނީ ކުންފުނީގެ ހަރަދުތަކާއި މާލީ ހިސާބުތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ނުކޮށެވެ. އަދި ދީބާޖާއަށް އެންމެ ގިނަވެގެން ލިބުނު ގެއްލުމަކީ 48 މިލިއަން ރުފިޔާ ކަމަށް ބެލެވޭއިރު، އެއަށްވުރެ 16 މިލިއަން ރުފިޔާ އިތުރަށް ދޭން ނިންމާފައިވެއެވެ.

މީގެ އިތުރުން، ދީބާޖާއަށް ސަބްސިޑީގެ ގޮތުގައި ދޫކުރެވުނު ރ. ކުޑަކުރަތު ރިސޯޓް ތަރައްޤީ ކުރުމުގެ ހައްޤު 65.5 މިލިއަން ރުފިޔާއަށް ވިއްކާލައިގެން ކުންފުންޏަށް ފައިދާވެސް ވެފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ގޮވާލާފައިވަނީ މި މައްސަލައިގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *