Tuesday, 28 July 2026

ތުރުކީއަށް ދިން ޓެރަރިސްޓު ހަމަލާ ރައީސް ކުށްވެރި ކުރައްވައިފި

ތުރުކީގެ އަންކާރާގެ އިމާރާތަކަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މި ހަމަލާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެފައިވަނީ، ތުރުކީގެ ރައީސް، ރަޖަބް ޠައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ، އެ ހަމަލާގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވާފައި ކަމަށާއި އަދި ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރައްވާފައި ކަމަށެވެ.

މި މެސެޖްގައި ރައީސް ޑރ.މުޢިއްޒު ވަނީ  ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ އަޚުންނާއި އުޚުތުންނާ އެކުގައި ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *