Tuesday, 28 July 2026

ހުޅުމާލޭގައި ދަރިއަކު އުމުރުން ދުވަސްވީި މަންމައަށް ވަޅިން ހަމަލާދީ ފޯނު ފޭރިގެންފި

ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓެއްގައި ދަރިއަކު އުމުރުން ދުވަސްވީ މަންމައަށް ވަޅިން ހަމަލާދީ ފޯނު ފޭރިގެންފިއެވެ.

ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 18:17 ހާއިރުއެވެ. އެގޮތުން H13 ޓަވަރުގައި އަންހެނަކު ރޯ އަޑު އިވޭ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން އެތަނަށް ދިޔަ ކަމަށް ބުނެފައި ވެއެވެ.

އަދި ފުލުހުން އެޕާޓްމަންޓަށް ވަދެ ބެލިއިރު، އެޕާޓްމަންޓްގެ ދޮރުހުޅުވީ އަންހެނެއް ކަމަށާއި، އަދި އެ އަންހެން މީހާގެ ދަރިފުޅު، ހެންވޭރު އެހަދަ، މުޙައްމަދު އިސްމާޢީލް (28 އަހަރު) އެ އަންހެން މީހާއަށް އަނިޔާކޮށް، ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރުދީ، އަދި ފޯނު ފޭރިގެން ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު އިސްމާޢީލް ވަނީ މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަނިޔާ ލިބުނު އަންހެން މީހާ (މަންމަ)އަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައެވެ.

ފުލުހުން ބުނިގޮތުގައި އަނިޔާ ލިބުނު އަންހެން މީހާގެ އުމުރަކީ 57 އަހަރެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *