Tuesday, 28 July 2026
އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް

ޑރ. ޝަހީމަށް މަރުގެ އިންޒާރު ދީފި

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ދާދި ދެންމެއަކު ބުނިގޮތުގައި އިއްޔެ މި މައްސަލަ ހުށަހަޅާފައިވަނީ ސިޓީއަކުންނެވެ.

އަދި މި މައްސަލަ މިހާރު ދަނީ ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، އިންޒާރު ދިނީ ކޮން ފަރާތަކުން، ކިހިނެތްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ޑރ. ޝަހީމް އަދި މީޑިއާއަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ޑރ. ޝަހީމަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅުއްވާ ބޭފުޅެއް ކަމުގައިވީ ނަމަވެސް، މި މައްސަލައާ ގުޅޭގޮތުން އެއްވެސް ޕޯސްޓެއް ކުރައްވާފައެއް ނުވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *