Wednesday, 29 July 2026
ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން

ޑްރޯން ބޭނުންކުރޭތޯ ބެލުމަށް ޑިފެންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގެނައި ތިން ޑްރޯންގެ ބޭނުން ހިފަމުން ދޭތޯ ބެލުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ސުވާލުގައި ވަނީ ސިފައިންގެ ހިދުމަތުގައި ބޭނުން ކުރުމަށް 570 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ގެނައި ޑްރޯންތައް އޮޕަރޭޓު ކުރަން ފެށިފައިވޭތޯ ސުވާލުކުރައްވައިފަ އެވެ.

އަދި ޑްރޯންގެ ބޭނުން ކުރަން ފަށާފައިވާ ނަމަ މިހާތަނަށް ބޭނުން ކުރެވިފައިވަނީ ކޮން ބޭނުމެއްގައިތޯ ސާފުކުރަން ވެސް މީކާއިލްގެ ސުވާލުގައި އެދިވަޑައިގެންފައވެ އެވެ.

އެ ޑްރޯންތައް އިފްތިތާހުކޮށްފައި މިދިޔަ މާޗް މަހުގެ 15ގައި ކަމަށްވާއިރު، ޑްރޯންތަކުގެ ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ މި ޑްރޯންތަކުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. އަދި، 150 ކިލޯގެ ޕޭލޯޑް ކެޕޭސިޓީއެއް ލިބިގެންވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *